ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/31
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:02
ސުންގަޑި: 21 ފެބުރުވަރީ 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

ފުނާޑު ހިއްސާ ޕްލާޒާ ފިހާރާ ކުރިމަތީގައި އޮޑެހެ މަގާއި އިންވެގެން ހުޅަނގުން އޮތް ހުސް ބިމުގައި ނަންބަރު 01 ޖަހާފައިވާ ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 21 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން އެރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2022