ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/HRD/2022/15
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި:
23 ފެބުރުވަރީ 2022 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
|
މަޤާމް:
|
ސީނިއަރ މޯޝަން ގްރެފިކްސް ޑިޒައިނަރ
|
|
ސެކްޝަން/ޑިވިޜަން:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
|
|
މަޤާމުގެ ޝަރުތުތައް:
|
ޖީ.ސީ.އީ އޯ ލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތު ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ
އެޑޯބް އާފްޓާރ އިފެކްޓްސް، އެޑޯބް ފޮޓޯ ޝޮޕް އެޑޯބް އިލަސްޓްރޭޓަރ ބްލެންޑަރ ނުވަތަ މާޔާ ތްރީ ޑީ، ސިނަމާ ފޯޑީ ރަނގަޅަށް ބޭނުން ކުރަން އެނގުން
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޕްރޮގްރާމް ތަކަށް ބޭނުންވާ ގްރެފިކްސް، އެނިމޭޝަން ހެދުން (2ޑީ އަދި 3ޑީ އެނިމޭޝަން)
- އެމްބީއެންގެ ހުރިހާ ޕްލެޓްފޯމަކަށް ގްރެފިކްސް ތައްޔާރުކުރުން
- ލައިވްތަކަށް ބޭނުންވާ ގްރެފިކްސް ހެދުން އަދި ލައިވްތަކުގައި ނަގަންޖެހޭ ލައިވް ގްރެފިކްސް ނެގުން
- ޕްރޮގްރާމް ތަކުގައި ބޭނުންކުރުމަށް ހަދާ ގްރެފިކްސް ތަކަށް ކްރިއޭޓިވް އިން ޕުޓް ދީ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން
- ކެމެރާއަށް ނެގޭ މަންޒަރުތަކަކީ، އެ މަންޒަރެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ އަދި އުފެއްދުންތެރި އެއްޗަކަށް ހެދުމަށް، ބޭނުންވާ ހިޔާލާ މަޝްވަރާ ދީ ގްރެފިކަލީ ކުރަންޖެހޭ ކަންކަން ކުރުން
- ޑެއިލީ އޮޕަރޭޝަންތަކަށް ބޭނުންވާ ވީޑިއޯ އާއި އޯޑިއޯ އަދި ގްރެފިކްސްތައް ކޮންޓެންޓް ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- އެމްބީއެންއަށް ބޭނުންވާ ޕްރޮގްރާމް އެޑިޓްކުރުމާއި ލައިވް ތަކުގައި ޓެކްނިކަލް އެހީ ދިނުން
- ގްރެފިކްސް ހެދުމަށްފަހު ކޮންޓެންޓަކީ ޗެނަލުން ބްރޯޑްކާސްޓްކުރުމަށް އެންމެ އެކަށީގެންވާ ކޮންޓެންޓްކަން ޔަގީންކުރުން
|
|
މުސާރަ:
|
25،000.00 ރުފިޔާ
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައި)
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ޕޮލިސް ސެޓްފިކެޓް
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
|
ސުންގަޑި
|
23 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 15:00 އަށް
|
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2022 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.