ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)343-AS/343/2022/20
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 24 ފެބުރުވަރީ 2022 14:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާނު

 

މިކައުންސިލްގެ ވޭސްޓްމެނޭޖްމެންޓް މަސައްކަތް ކުރައްވާނެ މުވައްޒަފުން ، ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު :

މުނިސިޕަލް ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު :

1 ( އެކެއް )

ވަޒީފާ އަދާކުރަން ޖެހޭ ތަން :

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ 
ބޮޑުފޮޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު

 

ގިންތި :

ދާއިމީ

 

ވަޒީފާ އަދާކުރާ ވަގުތު :

ދުވާލަކު 06 ގަޑިއިރު.

 

އަސާސީ މުސާރ :

މުސާރަ ( މަހަކަށް ):  -/7000 ( ހަތްހާސް ރުފިޔާ )

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

  1. ކައުންސިލުން އަންގާގޮތެއްގެމަތިން ކައުންސިލްގެ ޕިކަޕް ދޮވެ،ސާފުކުރުމާ ތެޔޮ އުނގުޅާ ބެލެހެއްޓުން.
  2. ޕިކަޕް އޮޕަރޭޓްކޮށް ، ޕިކަޕްގެ މެއިންޓެނެންސްގެ އެންމެހައި މައްސަލަތައް ކައުންސިލަށް އަންގައި، ކައުންސިލުން އަންގާގޮތެއްގެމަތިން ކުރުން.
  3. ކުނި އަންދުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  4. ދަޅު،ފުޅި މެސިނުގެ އެހީގައި ފިއްތައި ވަކިކޮށް ޕެކްކޮށް ބެލެހެއްޓުން. އަދި މެސިންތައް ބޭނުން ނުކުރެވޭ ހާލަތެއްގައި ކައުންސިލްގެ ލަފާގެމަތިން މަސައްކަތް ކުރުން.
  5. ތިލަފުއްޓަށް ނުވަތަ އެފަދަ އެހެން ފަރާތަކަށް ނުވަތަ ތަނަކަށްވެސް ފޮނުވަންޖެހޭ ކުނިބުނީގެ ބާވަތްތައް ދޯންޏަށް ނުވަތަ އެފަދަ އެހެންވެސް އެއްޗަކަށް ލޯޑްކުރުން.
  6. ކުނިކޮށްޓަށް ގެންދެވޭ ކުނި، "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުސޫލު" އާއި އެއްގޮތަށް މެނޭޖްކުރުން (ބެލެހެއްޓުން)
  7. ކޮންމެދުވަހަކު ކުނިކޮށި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  8. ކޮށަންޖެހޭ އެންމެހައި ގަސްތައް، ސްޕަރވައިޒަރުގެ ލަފާގެމަތިން ކޮށައި ބެލެހެއްޓުން.
  9. މަގުމަތީގައި ބެހެއްޓިފައިވާ އެންމެހައި ޑަސްބިންތައް މަދުވެގެން ދެދުވަހުންއެއްދުވަހު އުކައި ސާފުކޮށް ބެލެހެއްޓުން.
  10. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ސެކްސަނުން ހަވާލުކުރާ އެންމެހައި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
  11. ބިއްލޫރިފުޅި މުގުރައި މެނޭޖްކުރުން.
  12. ދަގަނޑުގެ ބާވަތްތަކާއި އެލުމިނިޔަމްގެ ބާވަތްތައް މެނޭޖްކޮށް ބެލެހެއްޓުން.
  13. ކުނިން ޢާމްދަނީ އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  14. ކުނިކޮށީގެ ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  15. ބަނދަރުގެ އޮއިވާލި ނަގައި ސާފުކުރުން.
  16. ސްޕަރވައިޒަރުގެ ލަފާގެ މަތިން މަސްކަނޑާއަށި ދޮވެ ސާފުކުރުން.
  17. ބަނދަރު އުސޫލާ އެއްގޮތަށް ބެލެހެއްޓުން.
  18. ކައުންސިލްގެ ނިންމުނތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީ ވުން.
 

 

މަޤާމުގެ ޝަރުޠުތައް :
 1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން.
3. އުމުރުން 60 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި : 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 24 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ( [email protected] ) މެއިލް ކުރެއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660657 އަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

15 ރަޖަބް 1443

                              16 ފެބްރުއަރީ 2022

16 ފެބުރުވަރީ 2022