ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-MB/1/2014/43
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 01 ސެޕްޓެންބަރު 2014 15:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

ރޭންކް: ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ 

ބޭނުންވާ އަދަދު:   1

ސެކްޝަން:  ބަޖެޓް

ދާއިރާ: ފިނޭންސް އެންޑް ފެސިލިޓީސް 

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

މުސާރަ: -/4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

މައިގަނޑު މަސްއޫލިއްޔަތުތައް : އޮފީހުގެ ބަޖެޓާއި ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި އޮފީހަށް ލިބޭ އާމްދަނީގެ ހިސާބުތައް ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. އެގޮތުން:

  1. ޕޭމަންޓް ވައުޗަރ ހެދުމަށް ބޭނުންވާ މަޢުލޫމާތުތައް ޕްރޮކިއުމަންޓް ސެކްޝަނުން ހޯދައި ޕޭމަންޓް ވައުޗަރ ތައްޔާރު ކުރުން.
  2. ބިލްތަކުގެ އެންޓްރީ ބެލެހެއްޓުން.
  3. ބިލްތަކާއި ސަޕޯޓިންގ ޑޮކިއުމަންޓުތައް ފައިލްކޮށް ބެލެހެއްޓުން.
  4. ބަޖެޓް ހުއްދަ ހޯދަންޖެހޭ ކަންކަމަށް ބަޖެޓް ހުއްދަ ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވައި ބަޖެޓް ހުއްދަ ހޯދުން.
  5. ފައިސާގެ ކަންކަމުގައި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުތައްޔާރުކޮށް ރައްދުކުރުން.
  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޝަރުޠު

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ލިބިލައްވާނެއެވެ.

އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • އިންޓަވިއު ކުރުމާއި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެންބަރު 2014 އިން 07 ސެޕްޓެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ  ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑާއި ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ގެންނެވުން އެދެމެވެ.

އިންޓަވިއު އަދި އިމްތިޙާނު ކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

      ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕޮލިޓެކްނިކްއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯނު ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. 

23 ޝައްވާލު 2014

19 އޮގަސްޓް 2014