ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)339-ESMS/339/2022/46
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 15 މާރިޗު 2022 00:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫން ދީފައިވާ ވަގުފުބިންތައް ހުސްކުރުމާގުޅޭ (24 ނަންބަރު ސްލޮޓް، ބޮއިގެ)

އއ.ތޮއްޑޫއިން ދޫކޮށްފައިވާ 29  ވަގުފުބިން އއ.ތޮއްޑޫ ރައްޔިތުންނަށް މަންފާހުރި ގޮތެއްގައި ބޭނުންކުރުމަށް ތޮއްޑޫ ކައުންސިލް އާއި، ބިންތައް ޙަވާލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް އަންގަވާފައިވާތީ، ތޮއްޑޫއަށް މަންފާހުރި ގޮތަކަށް އެ ބިންތައް ބޭނުން ކުރެއްވުމަށް މިއިދާރާއަށް އެ އޮތޯރިޓީންވަނީ އަންގަވާފައެވެ.

            ވީމާ، ވަގުފުބިމުގެ ގޮތުގައި ބޮއިގެ ބިމެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ 24 ނަންބަރު ސްލޮޓްގައިވާ ބިން ބޭނުންކުރަމުންދާ ފަރާތްތަކުން 2022 މާރިޗުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބިން ހުސްކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2022