މަސައްކަތް
ނަންބަރު: (IUL)305/305/2022/24
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 21 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި ކައުންސިލްގެ ނަންބަރ: (IUL)305-ME305/305/2022/19 (09 ފެބްރުއަރީ 2022) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެންމެ ފަރާތަކުން ހާޟިރުވެފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

   މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަންތަނުގެ ފާޚާނާ ހޮޅި މަގުމަތީ ނަރުދަމާ ހޮޅިޔާއި ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

  1. މަސްޖިދުލް ސަލާމް
  2. އިޖުތިމާޢީ މަރުކަޒު
  3. ހިނަވާގެ
  4. ޕްރީސްކޫލް
  5. ކައުންސިލްގެ އިދާރާ
  6. ރަށްވެހިގެ

 

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       15 ރަޖަބު 1443                          

16 ފެބުރުވަރީ 2022