މަސައްކަތް
ނަންބަރު: GS60(B)/2022/005
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 03 މާރިޗު 2022 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ހަނިމާދޫ ސްކޫލް                       

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2022/005 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކޮށްފައިވާ މި ސްކޫލުގެ ނަންބަރުGS60(B)/2022/003  (08 ފެބުރުއަރީ 2022) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
  2. މިއީ މިކަމާ ގުޅިގެން ކުރެވޭ ދެވަނަ އިޢުލާނެވެ.
  3. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ފެބްރުވަރީ 16 އިން 2022 ފެބްރުއަރީ 28ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 ފެބްރުވަރީ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗް 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://docs.google.com/forms/d/e/1FAIpQLSezRdz4Z0nCqXErfzEATPv3vnECCv1Vu7BKtgpC0W9xYVArSg/viewform

                                15  ރަޖަބު  1443   

                                16 ފެބްރުއަރީ 2022

                                                      

ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.   

16 ފެބުރުވަރީ 2022