ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހުގައި ބޭނުންކޮށްފައިވާ ލިފްޓެއްގެ ބައިތައް ސިޓީލާ ނީލަމުގައި ވިއްކާލުން
މި އޮފީހުގައި ބޭނުންކޮށްފައިވާ ލިފްޓެއްގެ ބައިތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި ނަންބަރު (IUL)1-CSO(FM)/1/2022/7 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، ދެވަނަ ފަހަރަށް ކުރި ނަންބަރު (IUL)1-CSO(FM)/1/2022/10 އިޢުލާނުންވެސް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، މިތަކެތި ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލަމެވެ.
މިތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، އެ ނީލަމަކަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.
ސިޓީލާ ނީލަން ނަންބަރު: 2022/1
ތަކެތީގެ މަޢުލޫމާތު: އޯޓިސް ބްރޭންޑްގެ ލިފްޓުގެ ބައިތައް
ބޭނުންކުރެވުނު މުއްދަތު: 18 އަހަރު
ނީލަން ފެށޭއަގު: ގަންނަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ އެންމެ މަތީ އަގު
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް ރުފިޔާ)
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިތަކެތި ބަލާލުމުގެ އިންތިޒާމު ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގު ހުށަހަޅާފޯމު ލާ ފޮށި 22 ފެބުރުވަރީ 2022 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 3323701 އަދި މޯބައިލް 7994339 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 ރަޖަބު 1443