ވަޒީފާގެ ފުރުޞަތު
ނަންބަރު: C15C-A/2022/01
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 28 ފެބުރުވަރީ 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރ: C15C-A/2022/01

ތާރީޚް:  16 ފެބުރުވަރީ 2022

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

ރޭންކް: ޖީ.އެސް 3  

އަދަދު

01

ކުލަސިފިކޭޝަންއޮފިސަރ ގްރޭޑް - 1

މަސައްކަތްކުރަންޖެހޭތަން

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500ރ

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25 (1116/25ރ)

-   ލިވިންގް އެލަވަންސް -/2550ރ

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

1-     ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،

2-     މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  • ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށާ އާއްމުފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ކޯޓަށްލިބޭ އިލެކްޓްރޯނިކް މެއިލްތައް ބަލައިގަތުމާއި، ކޯޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  • ޙާޟިރީ އާއި ޗުއްޓީގެ ރެކޯޑުތައް ސޮފްޓްވެއަރ ތެރެއިން ބެލެހެއްޓުމާއި، އެކަމާއި ގުޅިގެން ހަދަންޖެހޭ އެންމެހައި ރިޕޯޓް ހެދުމުގެ މަސައްކަތް.
  • މުވައްޒަފުންނާއި، ވަޒީފާއާއި ބެހޭ އެންމެހައި މަސައްކަތް.
  • ހަމަޖެހިފައިވާ އުސޫލުން ކޯޓު ހުޅުވާ ލެއްޕުން.
  • ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ބައުވެ ބޭނުން ނުކުރެވޭ ތަކެތި ނީލަން ކިޔުމާއި ނައްތައިލުމުގެ މަސައްކަތްތައް ކުރުން.
  • ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  • ކޯޓަށް ހުށައެޅޭ ވަރި ކައިވެޏާއި ބެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
  • މީގެ އިތުރުންވެސް އެމުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން، ނުވަތަ ޤަވާޢިދަކުން، މަނާނުކުރާ، ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން، ކޯޓް ހިންގުމާއި ޙަވާލްވެހުރި ފަރާތްތަކުން އަންގާ މަސައްކަތެއް ކުރުން

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނު / މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން / އައިޓީ މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން
  2. ހިއުމަން ރިސޯސް
  3. މެނޭޖްމަންޓް
  4. ޝަރީޢާ / ޤާނޫނު
  5. އިންފޮމޭޝަން ޓެކްނޮލޮޖީ

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

1-  ފުރިހަމަ ކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2-  ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.

3-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

4-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-  ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

6-   ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7-  މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

8-  މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔމާއެކު ސެޓްފިކެޓް ހުށަހެޅުން.

9-   އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،06 މާރިޗު 2022 އާއި 10 މާރިޗު 2022 އާ ދެމެދުގައެވެ.

 

 

 

އިތުރު މަޢުލޫމާތު

 

 

 

 

  • މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި http://judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިޔުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6540058
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަޔަށް ހުށަހަޅާފައިނުވާ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

 

 

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤާނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  • ނުރަސްމީގަޑިތަކުގައި ކޮންމެހެން މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

         

           15 ރަޖަބު    1443

           16 ފެބުރުވަރީ 2022  

16 ފެބުރުވަރީ 2022