ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-A/322/2022/7
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި:
22 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން
މިރަށު ބީމަގު މައިމަގުގެ އުތުރުން އަވަށް ބޭރުމަގުގައި ހުރި ބައެއް ރުއްރުކުގެ ވެރިން ހޯދަން ބޭނުންވެއްޖެއެވެ. މި ރުއްތަކުގައި ނަމެއް ނަންބަރެއް ފެންނާކަށް ނެތެވެ. މިރުއްތަކުގައި ރަތްދަވާދުން ނަންބަރ 1 ، 6 ، 9 އަދި 12 ޖަހާފައިވާނެއެވެ.
ވީމާ މި ރުއްތަކުގެ ވެރިޔަކު ވާނަމަ 22 ފެބްރުވަރީ 2022 ވަނަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އެންގެވުން އެދެމެވެ. މިމުއްދަތުގައި ރުއްތަކުގެ ވެރިން ނޭންގުނުނަމަ ކައުންސިލަށް ފެންނަގޮތަކަށް ރުއްތައް ނައްތާލެވޭނެއެވެ.
މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.
15 ފެބުރުވަރީ 2022