ވަޒީފާގެ ފުރުޞަތު
ނަންބަރު: MPBA/2022/011
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 01:39
ސުންގަޑި: 24 ފެބުރުވަރީ 2022 14:00
މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޢިއުލާން ނަންބަރު:MPBA/2022/011

ތާރީހް: 15 ފެބްރުއަރީ 2022

 

އިޢުލާން

ވަޒީފާގެ ފުރުސަތު

 

މަޤާމް:

އެސިސްޓެންޓް އޮފިސަރ (ނެޝެނަލް ބިލިއަޑު ސެންޓަރ)

ބޭނުންވާ އަދަދު:

03 (ތިނެއް)

މުސާރަ

މަހަކު -/6,000 (ހަހާސް) ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

ނެޝެނަލް ބިލިއަޑު ސެންޓަރ، މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، މާލެ

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނެޝެނަލް ބިލިއަޑު ސެންޓަރގައި މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްދިނުން އަދި ނެޝެނަލް ބިލިއަޑު ސެންޓަރގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން

- ޑިއުޓީ އުސޫލުން ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ވަނަވަރު (ސީވީ)

- އައި.ޑީ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް)

- އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ.

ސުންގަޑި:

- މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

15 ފެބުރުވަރީ 2022