ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/53
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:44
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ކުއްޔަށް ދޫކުރުމަށް ޤާއިމްކުރެވިފައިވާ ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމާއި ގުޅޭ

                  މާލެ ސިޓީ ކައުންސިލްގެ ނަންބަރ: (IUL)425-CB/1/2022/47 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

                  މާލެ ސިޓީ ކައުންސިލުން ޤާއިމު ކުރެވިފައިވާ  ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ (16 ފެބްރުއަރީ 2022) ވާ ބުދަ ދުވަހުގެ 13:00 ގައި ހުޅުވާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި ސްލޮޓްތަކަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން parkings.malecity.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ފޯމު އަދި ޕޯޓަލްގައިވާ ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުއްވުން އެދެމެވެ. ހަވާލާދީފައިވާ އިޢުލާންގައިވާ "ޕާކިންގ ޒޯންތަކުން އަގު ނަގައިގެން އެއްގަމު އުޅަނދު ޕާކް ކުރުމަށް ޕާކިންގ ޖާގަ ދިނުމުގެ އުސޫލަށް" އިތުރު އިސްލާހު ގެނެވިފައިވާތީ، އިސްލާހު ކުރެވިފައިވާ އުސޫލު މި އިޢުލާނާއިއެކު ޕަބްލިޝް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ. ޕާކިންގ ސްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައެޅިގެންދާނީ މި އުސޫލާއި އެއްގޮތަށެވެ. މި ސްލޮޓްތަކަށް އެދިލައްވާފައިވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

      (ހ) ވެހިކަލް ރަޖިސްޓްރީ ކޮޕީ.

      (ށ) ވެހިކަލް ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ.

      (ނ) ވެހިކަލް އިންޝުއަރެންސް ކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

      (ރ) ވެހިކަލް ރޯޑްވާދިނަސް ލިޔުމުގެ ކޮޕީ.

      (ބ) އަހަރީ ފީ ދައްކާފައިވާ ކަމުގެ ރަޝީދު.

      (ޅ) ވެހިކަލެއް ގަނެ ރަޖިސްޓްރީ ބަދަލު ނުކުރެވި ވާނަމަ، އެ ވެހިކަލެއް ގަނެފައިވާކަމުގެ ލިޔުމެއް ނުވަތަ އެއްބަސްވުމުގެ ކޮޕީ.

                  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2022