ދިވެހިރާއްޖެ
އިޢުލާން
ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
|
މަޤާމު |
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ |
||||||||||||
|
މަޤާމުގެ ނަންބަރު |
J-345233 |
||||||||||||
|
ބޭނުންވާ އަދަދު |
01 (އެކެއް) |
||||||||||||
|
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކް |
އެމް.އެސް. 2 |
||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||||||||||
|
ޑިވިޝަން/ ސެކްޝަން |
ވޯޓަރ އެންޑް އެންވަޔަރަމަންޓަލް މެނޭޖްމަންޓް ސެކްޝަން |
||||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
||||||||||||
|
މުސާރަ |
-/6295 ރުފިޔާ |
||||||||||||
|
ސަރވިސް އެލަވަންސް |
-/2500 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ، ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތުކެއަރ، ޕަބްލިކް ހެލްތު) |
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. ތިމާވށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އެކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ތައްޔާރުކުރެވިފައިވާ ޕްލޭން އާއި އެއްގޮތަށް ރާވާ ހިންގުން. 2. ވިހަ ގޭހާއި ކެމިކަލްތަކުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކާ ސްޓޭންޑަޑްތަކާއި ޤަވާޢިދުތައް ކަމާބެހޭ ދާއިރާތަކާ ގުޅިގެން އެކުލަވާލާ ޢާއްމުކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތައް ވިލަރެސް ކުރުން. 3. މަސައްކަތުގެ މާޙައުލުންނާއި ދިރިއުޅޭ މާހަލުން ޖެހޭ ބަލިތަކާއި ދިމާވާ އަނިޔާތައް މަދު ކުރުމަށްޓަކާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން. 4. ތިމާވެށްްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެޗް.ޕީ.އޭ.ގެ އެންވަޔަރަންމަންޓަލް ހެލްތު ޑިވިޜަނުން ހިންގާ ތަމްރީނުތަކާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން. 5. މަސައްކަތު މާޙައުލުގައާއި ދިރިއުޅޭ މާހައުލުގައި ގެންގުޅޭ ކެމިކަލްސްގެ އެކި ބާވަތަތްކުގެ ސަބަބުން އިންސާނުންނަށް ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން. 6. ސަރުކާރުގެ ބަޖެޓާއި ބޭރުގެ އެހީލިބިގެން ހިންގޭ ޕްރޮގްރާމް/ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ މުއްދަތު ތަކުގައި ރާވާ ހިންގާ، ފޮނުވަންޖެހޭ ރިޕޯޓްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ހިއްސާ ކުރުމާއި ލިޔެ ކިއުންތައް ގަވާއިދުން ބެލެހެއްޓުން. 7. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުންނާއި، މަސައްކަތު މާހައުލުގައި އަދި ދިރިއުޅޭ މާހައުލުގައި ހުންނަ ވިހަ މާއްދާތަކުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ އައި.އީ.ސީ. މެޓީރިއަލްސް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމާއި ތައްޔާރުކުރެވޭ ތަކެތި އެކިއެކި މީޑިއާ ޕްލެޓްފޯމް ތަކުގައި ހިއްސާ ކޮށް ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުން. 8. ތިމާވެށްޓާއި މޫސުމަށް އަންނަބަދަލުތަކާއި ބެހޭ ދިރާސާތަކުގައި ބައިވެރިވުން. 9. އެންވަޔަރަންމަންޓަލް ޑިވިޜަންގެ ޕްލޭންގައި ހިމަނާފައިވާ މަސައްކަތްތައް ރާވާ ހިންގުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭ.ގެ ގުޅުންހުރި ޑިވިޜަންތަކާއި ކަމާގުޅުންހުރި ސަރުކާރުގެމުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި އަދި އެހެނިހެން މުއައްސަސާތައް ބައިވެރިކޮށްގެން މަސައްކަތްތައް ކުރުން. 10. އެޗް.ޕީ.އޭ.ގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން 11. ޞިއްޙީ އެމަޖެންސީތަކާ، ފެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން |
||||||||||||
|
މަޤާމުގެ ޝަރުތުތައް |
1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||||||||||
|
ތަޢުލީމީ ރޮނގުތައް:
· ކޮމިއުނިޓީ ހެލްތު · ޕްރައިމަރީ ހެލްތްކެއަރ · ޕަބްލިކް ހެލްތު
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމުގެ ކޯ ޑިސިޕްލިން:
· ކޮމިއުނިޓީ ހެލްތު · ޕްރައިމަރީ ހެލްތްކެއަރ · ޕަބްލިކް ހެލްތު |
|||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާ
|
|||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)http://www.csc.gov.mv/download/2486 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 22 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
||||||||||||
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2022 މާރިޗް މަހު މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ. |