ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/36
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:48
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

"ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން" ފުރުސަތަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު މި މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ދަރިވަރު އެޕްލިކޭޝަން ފޯމު ރަނގަޅު ކުރުމަށްފަހު ރީސަބްމިޓްކުރުމުން އެޕްލިކޭޝަން ދެވަނަ ފަހަރަށް ބަލައިދިނުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ. ނަމަވެސް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދަރިވަރު އެޕްލިކޭޝަން ރީސަބްމިޓް ކުރުމަށްފަހުވެސް އެޕްލިކޭޝަން ގެ އެއްވެސް ބަޔަކަށް ބަދަލުގެނައުމަށް އެދޭނަމަ، [email protected] އަށް އީ.މެއިލް ކުރުމުން އެފުރުޞަތު ދެވޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 3026971، 3026927، 3026924 ފޯން ނަމްބަރަށެވެ.

15 ފެބުރުވަރީ 2022