މަސައްކަތް
ނަންބަރު: (IUL)472/1/2022/25
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 24 ފެބުރުވަރީ 2022 13:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

 

 

ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި އެގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު ބަންނަ މާވަޑިންނާއި، ބޯޓު އިންސްޕެކްޓަރުން އަދި ނޭވަލް އާކިޓެކްޓުން ތަމްރީނުކުރުމަށް ތިރީގައި މިދަންނަވާ ސިލަބަސްތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

1. އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި އިންސްޓިއުޓަކުން ކިޔެވުމަކާއި ނުލައި މަސައްކަތުގައި ދެމިތިބި މާވަޑިން، މާވަޑިންގޮތުގައި ތަމްރީނުކުރުމުގެ ސިލަބަސް

 

2. އުޅަނދުފަހަރު ބަނުމުންދާގޮތް އިންސްޕެކްޓް  ކުރާނެ ބޯޓް އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ސިލަބަސް.

 

3. ނޭވަލް އާކިޓެކްޓުންގެ ގޮތުގައި 8 (އަށެއް) މީޓަރުން ފެށިގެން މަތީގެ އުޅަނދުފަހަރުގެ ކުރެހުންތަކާއި ސްޓެބިލިޓީ އެނގޭ ފެންވަރަށް މީހުން ތަމްރީނުކުރުމުގެ ސިލަބަސް.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ގޫގްލް ފޯމްhttps://forms.gle/XpUwC8xn5JZfPRXs9  ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމާގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ބައްދަލުވުން 2022 ފެބުރުވަރީ 27 ވާ އާދީއްތަ ދުވަހު 10:30ގައިއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗު 8 ވާ އަންގާރަ ދުވަހު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މ. ޗަނބޭލީ ވިލާ 3 ވަނަ ފަންގިފިލާގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 ފެބުރުވަރީ 2022