ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2022/10
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 22 ފެބުރުވަރީ 2022 12:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޘްކޮށް ތަރާވީހު ނަމާދުކުރާނެ ފަރާތެއް ހޯދުން

1443 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ޢަމްރުބުނުލް ޢާޞްގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ދިވެހި ޙާފިޡެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 6645377 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 22 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ ނުވަތަ ފޯނުންނަމަ ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގަށް %90 އަދި ތަޖުރިބާއަށް އެވެ.

14 ރަޖަބު 1443

15 ފެބުރުވަރީ 2022

15 ފެބުރުވަރީ 2022