ދިވެހިރާއްޖެ
މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ ހާރޑްވެއަރ އަދި އެހެނިހެން ތަކެތި، ކުރެވޭ ރިކުއެސްޓްތަކާއި އެއްގޮތަށް ކްރެޑިޓް ލައިންއެއް މާލެސިޓީ ކައުންސިލަށް ހުޅުވަދޭގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: IUL) 425-A2/1/2022/41 ) ޢުލާނާއި ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު އެކަށީގެންވާ ގޮތަކަށް ހިއްސާކުރެވިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
23 ފެބްރުއަރީ 2022 |
13:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
އަގު ހުށަހެޅުން |
28 ފެބްރުއަރީ 2022 |
10:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
· އިތުރު މަޢުލޫމާތު:
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ / 4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3325487 / އީމެއިލް: [email protected]