ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)165/1/2014/11
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 04 ސެޕްޓެންބަރު 2014 14:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު: -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

ސެކްޝަން/ޔުނިޓް/ތަން

ޖެނެރަލް ސެކްރެޓޭރިއެޓް / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މަގާމުގެ މަސްޢޫލިއްޔަތު

މިއޮތޯރިޓީގެ ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން

މަޤާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

3. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މި އޮތޯރިޓީއަށް އެކިކަންކަމުގައި އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުން

2. މި އޮތޯރިޓީއަށް އެކިއެކި ކަންކަމުގައި ހުށަހަޅާ ތަކެތި ބަލައިގަނެ ސެކްޝަންތަކާ ޙަވާލުކުރުން

3. ލައިސަންސް ފީއާއި އެހެނިހެން ފައިސާ ބަލައިގަނެ ފައިނޭންސް ސެކްޝަނާ ޙަވާލު ކުރުން

4. އެކިއެކި ޚިދުމަތަށް އެދި ހުށަހަޅާ ފޯމުތައް ފުރިހަމަ ކޮށްފައިވޭތޯ ބަލައި، ފުރިހަމަ ކޮށްފައިވާނަމަ ބަލައިގަތުން

5. ލައިސަންސް ހެދުމަށް ހުށަހަޅާ އިކުއިޕްމަންޓުގެ ސީރިއަލް އަދި މޮޑެލް ނަންބަރު ޗެކް ކުރުމަށްފަހު އެ އިކުއިޕްމެންޓް ޓެކްނީޝަނުންނާ ޙަވާލުކުރުން

6. ލައިސަންސް ހަދާނިމުމުން ލައިސަންސް އާއި ލައިސަންސް ހެދުމަށް ހުށަހެޅި އިކުއިޕްމަންޓް ލައިސަންސް އާއެކު ލިޔެފައި ވެރިފަރާތާ ޙަވާލުކުރުން

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި މިއޮތޯރިޓީގެ ވެބްސައިޓްގެ ސަރވިސަސް އިން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް: www.cam.gov.mv )
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  4. ލިބިފައިވާ ލީވިންގ ސެޓުފިކެޓާއި ތަޢުލީމާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓުގެ ކޮޕީއާ ކޮލެޖްގެ ލިއުމާއެކު).
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ،  މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި

4 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކަށެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑި އިރު ކުރިން ލިޔުމުން އެންގޭނެ އެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް ނަންބަރަކީ 3320000 އެވެ.

 

21 އޮގަސްޓް 2014