ކުއްޔަށް ހިފުން
ނަންބަރު: (IUL)199-GAS/199/2022/14
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 24 ފެބުރުވަރީ 2022 11:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

                                                ނަންބަރު:  (IUL)199-GAS/199/2022/14

އިޢުލާން

އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ:

         މި އެޖެންސީގެ ބޭނުމަށް މާލެއިން 1000 އަކަފޫޓަށްވުރެ ބޮޑުތަނެއް 06މަސް ދުވަހަށް  ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

         މިތަނާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv  ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

21 ފެބްރުއަރީ 2022

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

24 ފެބްރުއަރީ 2022

ބުރާސްފަތި     

11:00

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-          ފޯން:  3005353+960-

-          ފެކްސް: +960-3003535

-          އީމެއިލް: [email protected]

                              13 ރަޖަބު 1443

                              14 ފެބްރުއަރީ 2022 

14 ފެބުރުވަރީ 2022