ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/15
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:31
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް ކުނިއުކާލުމާއި ގުޅޭ.

 

17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުނިކޮއްޓަށް ނޫންގޮތަކަށް ރަށުގެ އެކިއެކި ތަންތަނަށް ކުނިއެޅުމަކީ މަނާކަމެކެވެ. މިގޮތުން ކުނިކޮއްޓަށް ގެންދާކުނި ހުންނަންވާނީ (ދަގަނޑު، ބިއްލޫރި، ދަޅު، ފުޅި) އާއި (ފަތްކުނި) ވަކިކުރެވިފައެވެ. ކުނިކޮއްޓަށް ކުނި ގެންގޮސް ކުނި ޖަމާކުރާނީ ހަފްތާގެ ހޮނިހިރު، ހޯމަ، ބުދަ، ބުރާސްފަތި މި ދުވަސްތަކުގެ ހެނދުނު 08:30 ން 11:00 އަށް، އަދި މެންދުރުފަހު 14:30 ން 16:30 އަށެވެ. ކުނިކޮށްޓަށް ނޫންއެހެން ތަންތަނަށް ކުނިއުކާލާ ފަރާތެއް ފެނިއްޖެ ނަމަ އެކަން މިކައުންސިލަށް އެންގެވުމަކީ ވަރަށްބޮޑު އެދުމެކެވެ. އެފަދަ ފަރާތްތަކާއިމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު މިކައުންސިލްގެ ފަރާތުން އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ                          

     

14 ފެބުރުވަރީ 2022