ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2022/87
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 21 ފެބުރުވަރީ 2022 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

                           އިޢުލާން

 

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)                             

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޔޫތު ޑިޕާރޓްމަންޓް، ޒުވާނުންގެ މަރުކަޒު، ކ.މާލެ

ޑިޕާޓްމަންޓް / ސެކްޝަން:

ޔޫތު ޑިޕާރޓްމަންޓް

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ:

މަހަކު 25000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރާވާ ހިންގުން.
  2. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުން.
  3. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ޕްރެޒެންޓޭޝަން ތައްޔާރުކުރުން.
  4. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާނެ ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރުން.
  5. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާނެ އިންސްޓިޓިއުޓްތައް ހޯދުމުގެ މަސައްކަތް ކުރުން.
  6. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާނެ ޒުވާނުން ހޯދުމުގެ މަސައްކަތް ކުރުން.
  7. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުން.
  8. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަޢުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުން.
  9. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޕްރޮމޯޓް ކުރުމަށް އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.
  10. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަޢލޫމާތު ކަރުދާސް ތައްޔާރުކުރުން.
  11. ޒުވާނުންނަށް ކުރިއަށް ގެންދެވޭ ކެރިއަރ ގައިޑެންސްގެ މަސައްކަތް ރޭވުންތެރިކަމާއިއެކު ކުރިއަށް ގެންދިއުން.
  12. ވޮކޭޝަނަލް ސްކިލްސް ޓްރޭނިންގ އާ ގުޅުންހުރި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮގްރާމް އިން ސާރވިސް އިނޮވޭޝަންއިން ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ނުވަތަ ވޮކޭޝަނަލް ޓްރޭނިންގގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

   2. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮގްރާމް އިން ސާރވިސް އިނޮވޭޝަންއިން ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ނުވަތަ ވޮކޭޝަނަލް ޓްރޭނިންގގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ އެކަން މި ސިޓީގައި ހިމަނަންވާނެއެވެ.)

   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު %50
  • މަސައްކަތުގެ ތަޖުރިބާ. %30
  • އިންޓަވިއު. %20
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ފެބްރުވަރީ 2022 އާއި 20 މާރިޗު 2022 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347474  ނުވަތަ  3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

14 ފެބުރުވަރީ 2022