ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)240-CA/240/2022/11
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 23 ފެބުރުވަރީ 2022 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އަތޮޅު ކައުންސިލަށް ބޭނުންވާ ޕެޓްރޯލް ހޯދުމާއި ގުޅޭ

މިކައުންސިލްގެ ލާންޗާއި، ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލް 01 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު  (IUL)240-CA/240/2022/4 (20 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން ލިބިފައިވާ ތަރުހީބު ކުޑަކަމަށް ފެންނާތީ އަލުން އެފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަމާގުޅޭ މައުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާއިން ފޮނުވައިދެވޭނެއެވެ.

 

ބީލަން ރަޖިސްޓްރީކުރުން

2022 ފެބުރުއަރީ 14 ވަނަ ދުވަހުން ފެށިގެން 2022 ފެބުރުއަރީ 17 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected]  އަށް މެއިލްކުރެއްވުން އެދެން.

ބީލަން ހުށަހެޅުން

2022 ފެބުރުވަރީ 23 ވަނަ ދުވަހުގެ 11:00 ގައި ހައްދުންމަތީ އަތޮޅު ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމުގައި.

 

މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ މިއިދާރާގެ ނަންބަރު 6800713 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި، ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ފެބުރުވަރީ 2022