ދިވެހިރާއްޖެ
ކުރިން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އިއުލާން ކުރެވިފައިވާ ތާރީހު ވަނީ 19 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުން 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައެވެ.
އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނޭ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.
އޭޖީއެމް ބޭއްވޭނޭ ތާރިހް:- 26 ފެބްރުއަރީ 2022
ގަޑި:- 16:00
ތަން:- ސޯޝަލް ސެންޓަރ / ސެމިނަރ ރޫމް
2022 ވަނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ
- ތައާރަފް
- 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
- 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
- 2022 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
- 2022 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
- އެހެނިހެން ކަންތައް
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މާލެ ސްޕޯޓްސް ކޮމްޕްލެކްސް
ފޯން: 3325503
އީމެއިލް: [email protected]