ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓު
ށ.މާއުނގޫދޫ،
ދިވެހިރާއްޖެ.
ނަމްބަރ: C14C-A/2022/01
އިޢުލާން
ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބިއްލޫރިގަނޑުގެ ފްރޭމް ބަދަލުކުރުމާއި، ކޯޓު ޢިމާރާތުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ކޯޓްރޫމުގެ ބިއްލޫރިގަނޑުގެލަކުޑި ފްރޭމް އެލްމެނިއަމް ފްރޭމްއަކަށް ބަދަލުކޮށް، ކޯޓު ޢިމާރާތުގެ އެރެތެއާއި ބޭރުގައި (ވަށާފާރު ހިމެނޭގޮތަށް) ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 11:00 އަށް ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540670 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 03 މާރިޗު 2022
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް
14 ފެބުރުވަރީ 2022