ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭނުންކުރާ އެޗް.ސީ.އައި ސާރވާރ ތައް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި | 21 ފެބުރުވަރީ 2022 | ހޯމަ | 11:00 | 
| އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަނޑި | 24 ފެބުރުވަރީ 2022 | ބުރާސްފަތި | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 28 ފެބުރުވަރީ 2022 | ހޯމަ | 11:00 | 
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.