ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުން ދޭ ބައެއް ޚިދުމަތްތަކުން އަގުނެގުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ: 2010/7 78 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކައުންސިލްތަކުން ދޭ ޚިދުމަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައެޅުމުމަށް ކައުންސިލްތަކަށް ލިބިގެންވާ ބާރުގެ ދަށުން 14 ފެބުރުވަރީ 2022 އިން ފެށިގެން މިއިދާރާއިން ފޯރުކޮށްދޭ ތިރީގައި މިދަންނަވާ ޚިދުމަތްތަކުން އަގު ނެގުމަށް މިކައުންސިލްގެ 4 ވަނަ ދައިރުގެ 39 އަދި 40 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
# |
ތަފްސީލް |
އަގު |
1 |
ގޯތި ރަޖިސްޓްރީ އަލަށް ހެދުން |
-/50 |
2 |
ގޯތި ރަޖިސްޓްރީ ގެއްލިގެން ހެދުން |
-/200 |
3 |
ގޯތި ރަޖިސްޓްރި ހަލާކުވެގެން އަލުން ހެދުން |
-/150 |
4 |
ގޯތި ރަޖިސްޓްރީ އާކުރުން / ލެމިނޭޓް ކޮށްފައިވާ ރަޖިސްޓްރީ އަލުން ހެދުން |
-/200 |
5 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުން (އަލަށް ދެވޭ ގޯތި، ހިބަ، ތަރިކަ ނުވަތަ ވަސިއްޔަތުން ލިބޭބައި) |
-/100 |
6 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ހެދުން |
-/300 |
7 |
އިމާރާތާއި ގޯތިގެ ރަޖިސްޓްރީ އާކުރުން (ލެޓިން ރަޖިސްޓްރީ) |
-/100 |
8 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަލާކުވެގެން އަލުން ހެދުން |
-/200 |
9 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން / ލެމިނޭޓް ކޮށްފައިވާ ރަޖިސްޓްރީ އަލުން ހެދުން |
-/250 |
10 |
އުފަންދުވަހުގެ ސެޓްފިކެޓްފިކެޓާއި އުފަންދުވަހުގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް |
-/20 |
11 |
އުފަންދުވަހުގެ ސެޓްފިކެޓްފިކެޓާއި އުފަންދުވަހުގެ ރަޖިސްޓްރީ އާކުރުމަށް |
-/30 |
12 |
އުފަންދުވަހުގެ ސެޓްފިކެޓްފިކެޓާއި އުފަންދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް |
-/50 |
13 |
ރަށްވެހިންގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް |
-/20 |
14 |
ރަށްވެހިންގެ ރަޖިސްޓްރީ އާކުރުމަށްމަށް |
-/30 |
15 |
ރަށްވެހިންގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް |
-/100 |
16 |
ގައްދޫ ގައި ހުރި ގެތަކުގެ ތެރެއިން އެއްގެއިން އަނެއްގެއަށް ރަށްވެހިކަން ބަދަލު ކުރުމުގެ (މަޤްބޫލު އުޒުރެއް ނެތި ބަދަލުވާ މީހުން) ޚިދުމަތަށް |
-/100 |
17 |
ގދ.ގައްދޫ ރަށްވެއްސަކު އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ |
-/200 |
18 |
މަޢުލޫމާތު ނުވަތަ ކާކުކަން އަންގައިދޭ ލިޔުން ނުވަތަ ފޮޓޯޖެހި ލިޔުން ހެއްދުމަށް |
-/5 |
19 |
ފޮޓޯކޮޕީ ހައްދާކަމުގައިވާނަމަ ގަނޑަކަށް |
-/2 |
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
13 ފެބުރުވަރީ 2022