ދެންނެވުން
ނަންބަރު: (IUL)266-A/266/2022/15
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:15
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި އަލިފާން ރޯކުރާ މައްސަލައާ ގުޅޭ

ކުޅުދުއްފުށީ ސިޓީގެ ކުނިކޮށްޓަށް ކުނި އުކާލުންނޫން އެހެން އެއްވެސް ބޭނުމަކަށް ވަދެނުކުމެ އުޅުމަކީ މަނާ ކަމެއްކަން އަންގަމެވެ. ކުނިކޮށީގައި އަލިފާން ރޯކުރުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކްލީފްތަކެއް ކުރިމަތިވަމުންދާތީ ކުނިކޮށީގައި އެއްވެސް ފަރާތަކުން އަލިފާން ރޯނުކުރުމަށް ނަސޭހަތްތެރިވަމެވެ. ކުނިކޮށީގައި އަލިފާން ރޯކުރުމުގެ ސަބަބުން މި އިދާރާއިން ކުނިކޮށްޓަށް އެޓެންޑްވާއިރު ކުނިއުކާލުމުގެ ބޭނުމަށް ނޫންގޮތަކަށް ކުނިކޮށްޓަށް ވަދެއުޅޭ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ކުނިކޮށީގައި އަލިފާން ރޯކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅުއެޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

އެހެންކަމުން މި އެންގުމާ ހިލާފަށް ކުނިކޮށްޓަށް ވަދެ އުޅޭ ފަރާތްތަކާއި، ކުނިކޮށީގައި އަލިފާންރޯކުރާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 140 ވަނަ މާއްދާގެ ދަށުން -/5000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރުމަނާ ކުރެވޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

14 ފެބުރުވަރީ 2022