ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ECMS/456/2022/8
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:09
ސުންގަޑި: 27 ފެބުރުވަރީ 2022 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން އިމާރާތް ކުރަމުންގެންދާ ގެސްޓްހައުސް އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ (ދެވަނަ އިޢުލާން)

           ގެސްޓްހައުސް ހިންގުމަށް މިކައުންސިލުން އިމާރާތް ކުރަމުންގެންދާ މިރަށު ރައްކަލާމަގުގެ ހުޅަނގުކޮޅުގައި ހުރި އިމާރާތް،25އަހަރުދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް ކުރެވުނު މިކައުންސިލުގެ ނަމްބަރު: (IUL)456-ECMS/456/2021/199 (21 ޑިސެމްބަރ 2021މ.) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި (އެއިމާރާތް ކުއްޔަށް ހިފުމަށް) ހުށަހަޅާފައިވާ އަގުތައް ކުޑަކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 27 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

           މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2022