މަސައްކަތް
ނަންބަރު: (IUL)23-AP/23/2022/91
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 22 ފެބުރުވަރީ 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ށ.ފޭދޫ ޞިއްޙީމަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

     ށ.ފޭދޫ ޞިއްޙީމަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  13  ފެބްރުއަރީ 2022 އާދިއްތަ ދުވަހުން  ފެށިގެން  22 ފެބްރުއަރީ  2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ފެބްރުއަރީ  2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ފެބްރުއަރީ  2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

                               12 ރަޖަބު  1443

13 ފެބުރުވަރީ 2022