ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2022/89
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 17 ފެބުރުވަރީ 2022 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

 

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު (IUL)23-HRD(LR)/23/2022/37 އިއުލާނަށް އެކަށީގެންވާވަރަށް ކެޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީ،

އަލުން މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު

 ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

 J-346357

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން/ ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސް ޑިވިޜަން، ހެލްތް ފެސިލިޓީސް ކޯޑިނޭޝަން އެންޑް      މޮނިޓަރިންގ ސެކްޝަން، ހެލްތް ސަރވިސަސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ސައުތު ޒޯނު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

މުސާރަ

 -/6295 ރުފިޔާ    

ސަރވިސް އެލަވަންސް

 -/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީގެ ދަށުން އުތުރު އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކުގައި ދެވޭ ޙިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް، ވެރިންގެ ލަފާގެ މަތިން ހައްލުކުރުން.
  2. މިނިސްޓްރީގެ ދަށުން އުތުރު އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގެ ޙިދުމަތް މެދު ނުކެޑި ދިނުމަށްތަކައި ބނުންވާ، ވަސީލަތްތަކާއި އާލަތްތައް ކަމާއި ގުޅޭ ޑިވިޜަންތަކުން ފޯރުކޮށްދޭތޯ ކަށަވަރުކުރުމާއި، ފޮރުކޮށްދޭތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ތަކުތި ދެނެގަތުމަށް ވެރިންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ދަށުން އުތުރު އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތައް ގިންތި ކޮށްފައިވާ ފެންވަރަށް ޞިއްޙީ ޙިދުމަތް ދެވޭތޯ ބަލުމަށް، ސުޕަވައިޒރުގެ އިރުޝާދުގެ ދަށުން ރިޕޯރޓް ގެނައުން.
  4. އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ސްޓޮކްގައިހުރި  ނައްތާލަންޖެހޭ ތަކެތި ( ބޭސް އަދި ކޮންސިއުމަބަލްސް ފިޔަވައި) ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ނައްތާލުމާއި ނީލަން ކިޔުމުގެ ކަންތައްތައް ވިލަރެސްކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  5. ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގާ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި އަދި ޑިވިޜަން ތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތާ ގުޅޭ ތަފާސް ހިސާބުތަކަށް ބޭނުންވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހެލްތް ފެސިލިޓީސްތަކުން ފޮނުވަމުން ގެންދޭތޯ ބަލައި މޮނިޓަރ ކުރުމާއި ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަން ރިޕޯރޓް ކުރުން.
  6. ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން (ޑޮކްޓާރުންނާއި ނަރުހުން އަދި ލެބްޓެކްނިޝަން) ގިންތި ކުރެވިފައިވާ މިންވަރަށް އެތަންތަނުގައި ތިބިތޯ ބަލައި މޮނިޓަރ ކުރުމާއި ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަން ރިޕޯރޓް ކުރުން.
  7. ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ތައާރަފު ކުރެވޭ ޚިދުމަތްތަކާއި މަޝްރޫޢުތައް  ތަންފީޒު ކުރުމަށް އެހީތެރިވެ ކުރެވޭ ވަރު ބަލައި މޮނިޓަރ ކުރުން.
  8. ރީޖަން އިން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިއުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަން ދުރާލާ ހަމަޖެއްސުމާއި، ދަތުރާއި ގުޅުންހުރި ފަރާތްތަކަށް ދަތުރާއި ގުޅޭ މަޢުލޫމާތު ލިޔެކިއުމުން ފޮނުވުމާއިއެކު މަޢުލޫމާތު ލިބިފައިވާކަން ޔަޤީން ކުރުން.
  9. ޑިވިޜަން އިން ކުރަމުންގެންދާ ފައިސާ އާއި ގުޅުންހުރި މަސައްކަތްތައްކަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، ހުއްދަތައް ހޯދުން އަދި ޑޮކިއުމަންޓްތައް ބެލެހެއްޓުން.
  10. ޑިވިޜަންގެ ދަށުން ހިނގަމުންގެންދާ ހޮސްޕިޓަލް އަދި ސިއްޙީމަރުކަޒުތަކުގައި ހިނގާ ތަންތަނުން ކުރެވޭ މުހިންމު މަސައްކަތްތަކާބެހޭ ރެކޯޑްތަކާއި ލިޔެކިޔުންތައް އާކައިވްކޮށް ބެލެހެއްޓުން.
  11. ރީޖަން ގައި ހިމެނޭ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޮނުވާ ސިޓީ،މެސެޖް ނުވަތަ މެމޯތަކަށް ދޭންޖެހޭ ޖަވާބުތައް ރީޖަންގެ ހެޑަކަށް ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.
  12. ޑިވިޜަން އިން ބާއްވަ ބައްދަލްވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.
  13. ޑިވިޜަން އަށް ލިބޭ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  14. ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  15. ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސްގެ ދަށުގައިވާ ތަންތަނުގެ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓް އެކުލަވާލާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުނުކަން ޔަގީންކުރުން.
  16. ޑިވިޜަންގެ  ރެކޯޑްތަކާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހޯދޭނެގޮތަށް ފައިލްކޮށް ފައިލިން ސިސްޓަމް ބެލެހެއްޓުން.
  17. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތު ކެއަރ
  • ޕަބްލިކް ހެލްތު           

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތު ކެއަރ
  • ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 17 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު    (އިމްތިޙާނު/ ޕްރެކްޓިކަލް) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2022 ފެބުރުވަރީ / މާރޗް މަހު މިނިސްޓްރީ އޮފް ހެލްތުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

13 ފެބުރުވަރީ 2022