މަސައްކަތް
ނަންބަރު: 411-B/IUL/2022/3
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 16 ފެބުރުވަރީ 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

 

މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ގއ.ދެއްވަދޫ މިސްކިތްތަކުގެ ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9991475 ފޯނަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 16 ފެބްރުއަރީ 2022ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        09  ރަޖަބް     1442 

                        10  ފެބުރުވަރީ  2022         

10 ފެބުރުވަރީ 2022