ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 01/2022/(IUL)P10C |
|
ތާރީޚް: 10 ފެބުރުވަރީ 2022 |
||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: GS 3 |
|
ބޭނުންވާ އަދަދު: 01 |
ކްލެސިފިކޭޝަން: އޮފިސަރ ގރ 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓު |
ސެކްޝަން: |
|
މުސާރައާއި އިނާޔަތްތައް: |
- އަސާސީ މުސާރަ: -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) - ސާރވިސް އެލަވަންސް: -/1500 (ފަނަރަސަތޭކަ ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 - މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
|
|
އަސާސީ ޝަރުތު: |
|
|
އެހެނިހެން ޝަރުތު: |
- ވަޒީފާއަށް އެދި ހުށަހަޅާއިރު މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން، އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ އާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއް ކަމުގައި ނުވުން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ކޯޓުގެ މެއިލްއާއި، މެމްސް ސޮފްޓްވެއަރ އިން ލިބޭ ލިޔުންތައް އެންޓްރީކުރުމާއި، ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވުން - ކޯޓަށް ވަންނަ މައްސަލަތައް އެންޓްރީކޮށް ސްކޭންކުރުމަށްފަހު ސީއެމްއެސް ސޮފްޓްވެއަރއަށް މައްސަލަ އެންޓްރީކުރުން - ބަޑޭރިޕޭއިން ދައްކާ ޑިޕޮޒިޓް ފައިސާއަށާއި، ކޯޓުގެ އެކައުންޓަށް ވަންނަ ފައިސާތަކަށް ރަސީދުތައް ހެދުން - ކޯޓުން ކުރަންޖެހޭ ޚަރަދުތަކަށް ޕޭމަންޓް ވައުޗަރތައް ތައްޔާރުކުރުން - ޚަރަދު ރިޕޯޓު ތައްޔާރުކޮށް ޑިޕާޓްމަންޓަށާއި އޮޑިޓް އޮފީހަށް ފޮނުވުން - ކޯޓުގެ މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުން - ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ވޮޗަރުންގެ ޑިއުޓީ ޝެޑިއުލްތައް ތައްޔާރުކުރުމާއި، ކޯޓުހުޅުވާލައްޕާ ޝެޑިއުން ތައްޔާރުކުރުން - ކޯޓުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން - ކޯޓުގައި ބައުވެ ބޭނުން ނުކުރެވޭ ތަކެތި ނީލަން ކިޔުމާއި ނައްތައިލުމުގެ މަސައްކަތް ކުރުން - ކޯޓުގެ މަރާމާތާއި ގުޅިގެން ކުރެންޖެހޭ އެންމެހާ މަސައްކަތް ކުރުން - ކޯޓު އޮފިސަރު ޗުއްޓީ ނަގާ ހާލަތުގައި އެ މުވައްޒަފުގެ މަސައްކަތް ކުރުން - މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން. |
|
ތައުލީމީ ރޮނގު |
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް |
|
ގުޅޭ ވަޒީފާގެ ދާއިރާތައް |
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
22 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅަންވާނެއެވެ. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތައުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބެލޭނެއެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ: ލިބިފައިވާ ތައުލީމް: 30 އިންސައްތަ މަސައްކަތުގެ ތަޖުރިބާ: 10 އިންސައްތަ މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 އިންސައްތަ އިންޓަވިއު: 50 އިންސައްތަ |
|
އިތުރު މަޢުލޫމާތު |
- މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820782 - މި އިއުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި pdf ފޯމެޓުގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ. - އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަށް ވާނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން. - ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން. - އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން. - ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. - ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. - ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|