ކުއްޔަށް ހިފުން
ނަންބަރު: (IUL) 167-PR/167/2022/16
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 22 ފެބުރުވަރީ 2022 13:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ކ.ހިންމަފުއްޓާ މާލެއާއި ދެމެދު ދަތުރު ކުރާ ދޯންޏެއް ކުއްޔަށް ހިންފަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ.ހިންމަފުށި (އައްސޭރި ޖަލު)ގައި ތިބޭ ޤައިދީންނާއި ބަންދުމީހުން އަދި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން މާލެއާ ހިންމަފުއްޓާއި ދެމެދު ދަތުރު ކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2022/02   އިޢުލާނާއި ގުޅިގެން ހުށައެޅިފައިވާ އަންދާސީ ހިސާބުތަކުގައި، މަޢުލޫމާތުކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށައެޅުން

22 ފެބުރުވަރީ 2022

އަންގާރަ

13:00

10 ފެބުރުވަރީ 2022