ބީލަން
ނަންބަރު: (IUL)306/306/2022/3
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 24 ފެބުރުވަރީ 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށް 1500kg ގެ ޕިކަޕެއް ހޯދުމަށް.

އިޢުލާން ނަމްބަރ: 306/306/2022/3(IUL)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ރަސްމާދޫ ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށް 1500kg ގެ ޕިކަޕެއް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝަރުތުފުރިހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ފެބްރުއަރީ 13 އިން 2022 ފެބްރުއަރީ 21 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6580049 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

 މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 22 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މި ކައުންސިލްގެ[email protected]  އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ. 

 މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް:[email protected]

ފޯން : 6580049

 

09 ރަޖަބު 1443

10 ފެބްރުއަރީ 2022

 

10 ފެބުރުވަރީ 2022