ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-FA/IUL/2022/06
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 13 ފެބުރުވަރީ 2022 12:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓާއި، ބެޗްލާރސް ޑިގްރީގެ ކޯސްތަކުގައި ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދަތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

Subject Code

Subject Name

Session

Campus

No. of Lecturers needed

LIT307

Adhabihyathu ugan’nai dinun

BLOCK/ Blended

MALE'

1

DHI113

Dhivehi for Professionals

REGULAR (Evening)

MALE'

1

DHI017

Dhivehi 1

BLOCK/ Blended

LH. HINAVARU ORC

1

DHI113

Dhivehi for Professionals

REGULAR (Morning)

MALE'

1

DHI017

Dhivehi 1

BLOCK/ Blended

Gan

1

DHI113

Dhivehi for Professionals

REGULAR (Evening)

Hithadhoo

1

DHI113

Dhivehi for Professionals

BLOCK/ Blended

Kulhudhuffushi

1

ARA015

Arabic Text

Regular (Evening)

Hithadhoo

1

 

ޝަރުތު:

ދަށްވެގެން އެ މާއްދާއަކަށް ކަނޑައަޅާފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް ސަނަދެއް ޙާޞިލުކޮށްފައިވުން. (ކެނޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކު ކުރުމަށް، ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-          މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން މި ފެކަލްޓީއަށް އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އީމެއިލުން ފޮނުވާ އެޕްލިކޭޝަންވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރަށްވާނީ [email protected]  އަށެވެ.

-          ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތަށެވެ.  

-          މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މި ފެކަލްޓީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑު

13 ފެބުރުވަރީ 2022 ( އާދިައްތަ ) ދުވަހުގެ މެންދުރު 12:00 ގެ ކުރިން

10 ފެބުރުވަރީ 2022