މަސައްކަތް
ނަންބަރު: IUL/329/329/2022/21
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 16 ފެބުރުވަރީ 2022 11:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443ވަނަ އަހަރު ރަމަޟާން މަހު، ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

 

            މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ޒިކްރާގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ، ހާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 16 ފެބްރުއަރީ 2022 ވާ އަންގާރަ  ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމުކޮށް ފެންނާނެހެން ބެހެއްޓިފައިވާނެއެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             09 ރަޖަބް 1443

             10 ފެބްރުއަރީ 2022

10 ފެބުރުވަރީ 2022