ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2022/13
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 20 ފެބުރުވަރީ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތައް ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުން

ގދ. ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތައް ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުން

               ގދ. ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ރަށް ތަކުގެ ތެރެއިން (ގދ.ދެރުކުރެހާ، ) ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

 

    ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 1 (އެކެއް) އަހަރުގެ މުއްދަތަކަށެވެ.

 

ދަންނަވާފައިވާ ރަށް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން (ކުއްޔަށް ހިފަން ބޭނުންވާ އަގު) ހިމެނޭ ގޮތަށް ލިޔެ، ބަންދުކޮށްފައިވާ ސިޓީއާއެކު 2022ފެބުރުވަރީ 20 ވާ އާދީއްތަދުވަހުގެ 13:00 އަށް މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކުއްޔަށްހިފަން ބޭނުންވާ ފަރާތުގެ ނަމާއި ރަށުގެ ނަން ބަންދުކޮށްފައިވާ ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަން ވާނެއެވެ.  މިވަގުތުގައި ކުއްޔަށް ހިފުމަށް އެދޭ ފަރާތުގެ ހާޒިރުގައި (ބަދަލުގައި ބައިވެރިވާ ފަރާތެއްނަމަ ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތުގެ ސިޓީއަކާއި އެއްކޮށް) ހާޒިރުވާ ފަރާތެއްގެ ހާޒިރުގައި ސިޓީއުރަތައް ކަނޑާ އަގުތައް ހާމަކުރެވޭނެއެވެ.

13:00 އަށް ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަށް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެއްބަސް ވުމެއްގެ ދަށުން ރަށް ކުއްޔަށް ދޫކުރެވޭނޭ ވާހަކަ ދަންނަވަމެވެ.މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840016 އަދި  9984888 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

           

                10   ފެބްރުވަރީ  2022

10 ފެބުރުވަރީ 2022