ދިވެހިރާއްޖެ
މިރަށު އިމަގުވެހި ގޯއްޗާއި، އިންވެގެން ބިޒްނަސް ސެންޓަރުގެ އުތުރުން ދޫކޮށްފައިވާ ކުލީބިމުގައި ކޮށްފައިވާ އިމާރާތް ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2021/75 ( 21 ޑިސެންބަރު 2021 ) ގެ އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ފެބުރުވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެއްޅުވުން އެދެމެވެ.
މިކަމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ހއ.އިހަވަންދޫ އިމަގުވެހި ގޯއްޗާއި އިންވެގެން ބިޒުނަސް ސެންޓަރގެ އުތުރު ގައި ހުރި އިމާރާތް ކުއްޔަށް ހިފުމުގެ " ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.