ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/14
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 28 ފެބުރުވަރީ 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުޞަތު؛

މިކައުންސިލްގެ "ރައްކާތެރިކަމާއިއެކު ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި ބައިވެރިނުވާ ފަރާތްތަކުން ޢަމަލުކުރަންވީގޮތުގެ އުޞޫލް" ގެ ދަށުން މިނިޒާމުގައި ބައިބެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން 2022 ފެބުރުވަރީ 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، "ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގެ ނިޒާމުގައި ބައިވެރިވާން އެދޭ ފޯމް" ފުރިހަމަކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލްގެ އިދާރާއިންނާއި ގެޒެޓުން ފޯމް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއިއެކު "ރައްކާތެރިކަމާއިއެކު ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި ބައިވެރިނުވާ ފަރާތްތަކުން ޢަމަލުކުރަންވީގޮތުގެ އުޞޫލް" އާންމު ކުރީމެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2022