ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-A/330/2022/8
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 31 މާރިޗު 2022 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އެކި ބާވަތުގެ މަސައްކަތްކުރުމަށް ކާށިދޫއިން ބިންތަކެއް ކުއްޔަށް ދޫކުރުމަށް، މި ކައުންސިލްގެ ނަމްބަރ (IUL)330-B/330/2019/46 (18 ނޮވެމްބަރ 2019) އިޢުލާނު ކުރެވިފައިވީނަމަވެސް، އެ ބިންތައް ކުއްޔަށް ދޫނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާތީ، މި ކައުންސިލްގެ 04 ވަނަ ދައުރުގެ ނަންބަރު 17/04/2021 (27 އޮކްޓޫބަރ 2021) ވަނަ ދުވަހުގެ ޖަލްސާއިން އެ ބިންތައް ކުއްޔަށް ދޫ ނުކުރާގޮތަށް ނިންމުމާއި، ބިންތައް ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް، ބިޑު ޑޮކިއުމަންޓަށް ދެއްކި ފައިސާ އަނބުރާ ދޭގޮތަށް ނިންމާފައިވާތީ، ފޯމު ހުށަހެޅި ފަރާތްތަކުން 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ދުރުވެ ނުވަތަ ލިޔުމަކުން ހުށަހަޅައި ފައިސާއާއި ޙަވާލުވުމަށް ދަންނަވަމެވެ. އަދި މި ދެންނެވި ތާރީޚުގެ ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިނުވާކަމުގައިވެސް ދެންނެވީމެވެ.  ބިންތައް ކުއްޔަށް ނެގުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ.

10 ފެބުރުވަރީ 2022