މަސައްކަތް
ނަންބަރު: (IUL)389/389/2022/10
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 20 ފެބުރުވަރީ 2022 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބެލެހެއްޓުމާއި، ގޭގެއިން ކުނި ނަގައި އުކާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާނު

 

ކުނިގޮނޑު ބެލެހެއްޓުމާއި، ގޭގެއިން ކުނި ނަގައި އުކާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

 

މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ. ހިރިލަންދޫގެ ކުނިގޮނޑު ބަލަހައްޓައިދީ، ރަށުގެ ގޭގެއިން ކުނި ނަގައި އުކާލުމުގެ މަސައްކަތް 1 މާރިޗް 2022 އިން 28 ފެބްރުއަރީ 2023 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

17 ފެބްރުއަރީ 2022

ބުރާސްފަތި

13:30

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

20 ފެބްރުއަރީ 2022

އާދިއްތަ

11:00

         

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

09 ރަޖަބު 1443

10 ފެބްރުއަރީ 2022

10 ފެބުރުވަރީ 2022