ބީލަން
ނަންބަރު: (IUL)28-FA-1/1/2022/25
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 28 ފެބުރުވަރީ 2022 10:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކަޅު ކުލައިގެ 200 (ދުއިސައްތަ) ޖޯޑު ސޭފްޓީ ޝޫޒްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

ކަޅު ކުލައިގެ 200 (ދުއިސައްތަ) ޖޯޑު ސޭފްޓީ ޝޫޒްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އަންދާސީހިސާބު ހުށަހަޅާއިރު، ސޭފްޓީ ޝޫޒްސްގެ ސާމްޕަލްއެއް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލްކުރެވޭނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުންވެސްއެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 28 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 10:30 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏8‏ ރަޖަބް‏ 1443

‏9‏ ފެބްރުއަރީ‏ 2022

09 ފެބުރުވަރީ 2022