ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AD/38/2022/45
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:38
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން - ރަޖިސްޓަރީ ޢާންމުކުރުން

                                                      (IUL)38-AA/38/2022/45 :ނަންބަރު

އިޢުލާން

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2022 މާރިޗު 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2022 ފެބުރުވަރީ 09 ވާ ބުދަ ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އާއި، ޅ. ކުރންދޫ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2022 ފެބުރުވަރީ 09 ވާ ބުދަ ދުވަހުން ފެށިގެން 2022 ފެބުރުވަރީ 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ މި ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

09 ފެބުރުވަރީ 2022