ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AA/38/2022/46
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:26
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ރަޖިސްޓަރީ ޢާންމުކުރުން

                                                      (IUL)38-AA/38/2022/46 :ނަންބަރު

އިޢުލާން

ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2022 މާރިޗު 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2022 ފެބުރުވަރީ 09 ވާ ބުދަ ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އާއި، ފ. ނިލަންދޫ އަދި ދ. މީދޫ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2022 ފެބުރުވަރީ 09 ވާ ބުދަ ދުވަހުން ފެށިގެން 2022 ފެބުރުވަރީ 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ މި ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

09 ފެބުރުވަރީ 2022