ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ފެބުރުވަރީ 2022 15:18 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން ނަމްބަރ: (IUL)423/INDIV/2022/8
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހު 13:30 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހު 13:30 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމާއި ގުޅޭ "މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ފޯމުގައިވާ މަޢޫލޫމާތާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ރަޖަދު 1443
09 ފެބުރުއަރީ 2022
އަޙުމަދު އިމްތިޔާޒް
ކައުންސިލް ރައީސް