ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AD/38/2022/44
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 21 ފެބުރުވަރީ 2022 10:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2022/44 :ނަންބަރު 

އިޢުލާނު

ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް މި ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 ފެބްރުއަރީ 13 ވާ އާދިއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ބީލަން ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 21 ވާ ހޯމަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޕްރީ ބިޑް މީޓިންގ އަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ފެބްރުއަރީ 20 ވާ އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

09 ފެބުރުވަރީ 2022