ދިވެހިރާއްޖެ
ޞިއްޙީ މަރުކަޒުގައި ހަދަމުންދާ ފާޚާނާ މަރާމާތު ކުރުމާބެހޭ ގޮތުން ކުރި ނަންބަރ:(IUL)296/296/2021/84އިޢުލާނަށް އެއްވެސް ފަރާތަކުން އަގުހުށައަޅުއްވާފައި ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 10ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.