ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުއްނާއިފް ބިން އަބްދުލް އަޒީޒްގެ ދޮރުތައް އެލުމިނިއަމް ދޮރަށް ބަދަލްކުރުން
މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މަސްޖިދުއްނާއިފް ބިން އަބްދުލް އަޒީގެ ދޮރުތައް އެލުމިނިއަމް ދޮރަށް ބަދަލްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބުރުވަރީ 15 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 ފެބުރުވަރީ 14 ވަނަ ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ފެބުރުވަރީ 21 ވަނަ ދުވަހުގެ 10:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ރަޖަބު 1443