ބީލަން
ނަންބަރު: (IUL)203-AS/1/2022/8
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 17 ފެބުރުވަރީ 2022 13:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވެލާ ކަހަނބުގެ އެކްސްޕެޑިޝަން ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުން - މާލެ އަތޮޅުން ވާވު އަތޮޅަށް 3 މާރޗް 2022 އިން 17 މާރޗްއަށް

                                                            ނަންބަރު:  (IUL)203-AS/1/2022/8

 

އިޢުލާން

 

ވެލާ ކަހަނބުގެ އެކްސްޕެޑިޝަންދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުން - މާލެ އަތޮޅުން ވާވު އަތޮޅަށް 3 މާރޗް 2022 އިން 17 މާރޗްއަށް

 

            މި އެޖެންސީގެ ގެ ފަރާތުން ކުރިޔަށްގެންދާ ވެލާ ކަހަނބުގެ ސާރވޭއެއްގެ މަސައްކަތްކުރުމަށް، މާލެ އަތޮޅާއި، މީމު އަދި ވާވު އަތޮޅަގެ ސަރަހައްދުތަކަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  17 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އެޖެންސީއަށް (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، 3 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. 

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

 

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335949 ނަންބަރު ފޯނަށެވެ.

                           08 ރަޖަބު 1443

                           09 ފެބުރުވަރީ 2022

 

 

މި އެޖެންސީގެ ނަންބަރު:(IUL)203-AS/1/2022/8   އިޢުލާނާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް

ވެލާ ކަހަނބުގެ އެކްސްޕެޑިޝަން - މާލެ އަތޮޅުން ވާވު އަތޮޅަށް 3 މާރޗް 2022 އިން 17 މާރޗްއަށް

މި އިޢުލާނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔުންތައް

 

#

ލިޔުން

01

(އަންދާސީ ހިސާބު) ޚިދުމަތް ނުވަތަ ތަކެތީގެ އަގު، ޖީ.އެސް.ޓީ އަދި ޖުމްލަ އަގު އެނގެން އޮތުމާއިއެކު އަންދާސީ ހިސާބުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

02

ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީ / އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

03

ވިޔަފާރީގެ ޕްރޮފައިލް

04

(ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ) ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކުރަންޖެހޭ ނަމަ

05

ޓެކްސް ކްލިއަރެންސް ރިޕޯޓުގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) - ބީލަން ކާމިޔާބުވާ ފަރާތުން

  • ·         އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

މި އިޢުލާނުގެ ދަށުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

މަސައްކަތުގެ އަގަށް

ތަޖުރިބާއަށް

90 ޕޮއިންޓް

10 ޕޮއިންޓް

 

މަސައްކަތުގެ އަގަށް 90 ޕޮއިންޓް

މަސައްކަތުގެ އަގަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ.

އަގު (ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި ފަރާތުގެ އަގު × 90)

 

ތަޖުރިބާއަށް 10 ޕޮއިންޓް

ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މަސައްކަތް ކޮށްފައިވާ ތަންތަނުން ދީފައިވާ ރަސްމީ ލިޔުންތަކަށް ބަލައިގެންނެވެ. އެގޮތުން އެލިޔުމަކީ މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް ވާންވާނެއެވެ. އަދި އެ ލިޔުމުގައި ކުރި މަސައްކަތާއި އަދި މަސައްކަތުގެ މުޅި ޖުމްލަ އަގު އެގެންއޮންނަން ވާނެއެވެ. އަދި އެފަދަ ލިޔުމެއް ވާންވާނީ މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ގުޅުންހުރި ލިޔުމަކަށެވެ. އަދި ގިނަވެގެން ބަލާނީ 10 ލިޔުމަށެވެ.

ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދޭނީ އަންނަނިވި ގޮތަށެވެ.

ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދަށް 10 (ދިހައެއް) ޕޮއިންޓް

( ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު / އެންމެ ގިނައިން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު × 10 )

 

 ނޯޓް: ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް ބެލޭނެއެވެ.)

 

ދަތުރުގެ މަޢުލޫމާތާއި އަދި އުޅަނދުގެ ޝަރުތުތައް

ބޭނުންވާ ތާރީޚް: 03 މާރޗް 2022 އިން 16 މާރޗް 2022 އަށް އަދި މުއްދަތުގައި ދަތުރު ހަމަނުޖެހޭނަމަ 3 މެއި އިން 16 މެއި އަށް ވެސް އަންދާޒީ ހިސާބު ހުށަހެޅިދާނެއެވެ.

އަދި މިތާރީޚް އަށް ދެތިން ދުވަހުގެ ބަދަލު ގެނައުމުގެ އިޚްތިޔާރުވެސް އަންދާޒީ ހިސާބު ހުށަހަޅާ ފަރާތްތަކަށް ލިބިފައިވެއެވެ. މިފަދަ ހާލަތުގައި، މިކަން ފާހަގަކޮށް އަންދާސީ ހިސާބާއެކު ލިޔުމުން އަންގަންވާނެއެވެ.

ދަތުރުގެ ތަފްޞީލް: ސަރވޭގެ މަސައްކަތްތައް ކުރަންޖެހޭ ދަތުރުކުރަން ހަމަޖެހިފައިވަނީ ކ، މ އަދި ވ އަތޮޅަށެވެ. އަދި ދަތުރުގައި މުޅިޖުމްލަ 08  މުވައްޒަފުން ބައިވެރިވާނެއެވެ.

 

ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީޚްތަކާއި އަދި ސައިޓްތައް

ތާރީޚް

ސައިޓް

ޖީ.ޕީ.އެސް ކޯރޑިނޭޓްސް

03-March-2022

Patina Fari Islands

4.626581, 73.571191

 

Makunudhoo Reef (Resort Reef), survey/Potential Sampling

4.539801, 73.408389

 04-March-2022

Boduhithi Reef (Resort Reef), survey/Potential Sampling

4.429802, 73.390011

 

Kudahithi Reef (Resort Reef), survey/Potential Sampling

4.414553, 73.379942

 

Kudavilingili Lagoon, mooring

4.382269, 73.661352

05-March-2022 

Lankan Reef, survey/Potential Sampling

4.280776, 73.557533

 

Velassaru Reef, survey/Potential Sampling

4.094245, 73.414574

 

Velassaru Lagoon, mooring

4.113656, 73.422387

06-March-2022 

Embodhoo Reef, Survey/Potential Sampling

4.083711, 73.512020

 

Guraidhoo Reef, Survey/Potential Sampling

3.898538, 73.462299

 

Guraidhoo Lagoon, Mooring

3.899391, 73.463078

07-March-2022

Olhuveli Reef, Survey/Potential Sampling

3.898538, 73.462299

 

Velaa faru (kaafu), Survey/Potential Sampling

3.848337, 73.411472

 

Kudhiboli, Mooring

3.619429, 73.372370

08-March-2022 

Velaa faru (vaavu), Survey /Potential Sampling

3.616642, 73.363874

 

Kuda Anbaaraa Reef, Survey/Potential Sampling

3.428173, 73.424484

 

Anbaaraa Reef, Mooring

3.373787, 73.441895

09-March-2022

Rakeedhoo East, Survey/Potential Sampling

3.315358, 73.471969

 

Vattaru East, Survey/Potential Sampling

3.250489, 73.476584

 

Dhiggaru, Mooring

3.315358, 73.471969

 10-March-2022

Madifushi Outer Reef, Survey/Potential Sampling

3.095548, 73.653734

 

Variheybe (uninhabited island 1), Nesting survey

3.030553, 73.619058

 

Veyvah Outer Reef, survey/Potential Sampling

2.944641, 73.603115

 

Veyvah Lagoon, Mooring/Potential Nesting Survey

2.955175, 73.595893

 11-March-2022

 Muli Outer Reef, Survey/Potential Sampling

2.923961, 73.589037

 

Naalaafushi/Muli Lagoon, Survey/Potential Sampling, Mooring

2.901184, 73.573967

12-March-2022

Uninhabited island 2, Nesting Survey

2.858762, 73.555974

 

Uninhabited island 3, Nesting Survey

2.818226, 73.443618

 

Kolhufhushi/Riyaafushi Lagoon, Mooring

2.783594, 73.414234

13-March-2022

Uninhabited island 4, Nesting Survey

2.818487, 73.443425

 

Velaa faru (Meemu), Survey/Potential Sampling

2.820806, 73.426061

 

Fenboa Finolhu, Mooring/ Potential nesting Survey

3.091969, 73.388934

14-March-2022

M. Atoll NW corner Outer Reef, Survey/Potential Sampling

3.161556, 73.379916

 

Rakeedhoo Outer Reef, Survey/Potential Sampling

3.310284, 73.468166

 

Felidhoo Goni, Mooring

3.475550, 73.536702

15-March-2022

Fulidhoo, Mooring/Potential School Visit

4.172980, 73.509513

16-March-2022

Jojo Reef , Survey/Potential Sampling

4.172980, 73.509513

 

Male’ Expedition end/ Debrief

4.172980, 73.509513

 

 

 

 

އުޅަނދުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ހަމަވާންޖެހޭ ތަކެއްޗާއި އަދި އެހެނިހެން ކަންކަން

  1. 08 މީހުންނަށް ރަށްތަކަށް ފޭބުމަށް އެކަށީގެންވާ ޑިންގީއެއް އޮތުން
  2. ސާރވޭ ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްތައް ބެހެއްޓުމަށާއި އަދި މަސައްކަތްކުރުމަށް އެކަށިގެންވާ ޖާގަ ހުރުން
  3. މަދުވެގެން 8 މީހުންނަށް 'ލޮޖިންގ' ނުވަތަ ނިދޭނެ ކެބިންގެ އިންތިޒާމު ހުރުން
  4. ތިން އިރުގެ ޙަލާލު ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން
  5. 10 ލީޓަރުގެ ގަނޑުފެން ނުވަތަ ސާމްޕަލް ފިނިކޮށްފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން
09 ފެބުރުވަރީ 2022