މަސައްކަތް
ނަންބަރު: (IUL)30-PMU1/30/2022/36
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:12
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިއިޢުލާނާއެކު ތަފްސީލު ދެވިފައިވާ އެކްއަޓިކް އެނިމަލް ހެލްތް ފެސިލިޓީގެ ފެންނަގައި ބޭރުކުރާ ނިޒާމު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2021/276 އިއުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

1. ކުރަންޖެހޭ މަސައްކަތްތައް

  • ހޮޅި މަރާމާތުކޮށް ބަދަލު ގެނައުމަށްޓަކައި ކޮނުން (ކުރެހުމުގައިވާ ގޮތަށް)
  • ފެން ނެގުމަށްޓަކައި އިތުރު ހޮޅިއަކާއި އިތުރު ކަރަންޓް ކޭބަލެއް އެޅުން (ކުރެހުމުގައިވާ ގޮތަށް)
  • ފެން ބޭރުކުރުމަށްޓަކައި އާ ދެހޮޅި އަޅައި، ކުރިން ފެން ބޭރުކުރި ހޮޅި ބާކީކުރުން (ކުރެހުމުގައިވާ ގޮތަށް)
  • ފެންބޭރުކުރާ ދެހޮޅި މޫދަށް ގެންދިއުމަށްޓަކައި ތޮށިގަނޑު ކެނޑުން
  • މޫދުކޮޅުގައި ހުރި ވަޅުބުރީގެ ބޭރުގައި ފެންނެގުމަށްޓަކައި 6 އިންޗީގެ ޕީވީސީ ހޮޅިއެއް ހަރުކޮށް، އެހޮޅީގެ ތެރެއަށް މޯޓަރުގެ ފުޓްވޭލު ލައި، މޯޓަރަށް ހޮޅި ގުޅުން
  • މޯޓަރުތަކާއި ފިލްޓަރުތަކަށް ކަރަންޓް ދެވިފައިވާ ގޮތް ކުރެހުމުގައި ވާގޮތަށް ބަދަލުކުރުން 

 

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޭއްވޭ ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓުގައެވެ. މިގޮތުން 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭގައި ހުންނަ އެކްއަޓިކް އެނިމަލް ހެލްތް ފެސިލިޓީ (ހުޅުލޭ އައިލެންޑް ހޮޓާ ކުރިމަތި) އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް އެދި ދެންނެވީމެވެ. ޕްރީ ބިޑް މީޓިންގ ގައި ބައިވެރި ނުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަނޭޅޭނެއެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް، ވަޑައިގެންދެއްވުން އެދެމެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 ކޯޓޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައިވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ދެން ކޯޓޭޝަން ބަލައި ގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީދުވަހުގެ 12:00 އަށެވެ.

 މި ކަމާއި ބެހޭ ކުރެހުންތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައިވާނެއެވެ. މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9555373 ނަންބަރު ފޯނަށް، އީމެއިލް ނަމަ [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

08 ފެބުރުވަރީ 2022